ގދ. އަތޮޅުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރާ ފިރިހެން މީހާ އަލުން ހައްޔަރުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ފަށައި އަންގާރަ ދުވަހު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ދޫކޮށްލީ އެވެ. އެ ކޯޓުގައި މިހާރު ވަގުތީ ގޮތުން މަސައްކަތްކުރަމުން އަންނަ އެހެން ރަށެއްގެ އިސް މެޖިސްޓްރޭޓް އޭނާ ދޫކޮށްލީ ފިރިހެން މީހާ ބަންދުކޮށްފައި ބަހައްޓަން ޕީޖީން އެދިފައި ނުވާތީ ކަމަށް ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އޭނާ ދޫކޮށްލަން ނިންމި މައްސަލަ މުރާޖައާކުރުމަށްފަހު، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާ އަލުން ހައްޔަރުކޮށްފައިވާ ކަން އޮފިޝަލް ކަށަވަރުކޮށްދެ އެވެ.

އެ ކުއްޖާގެ މައިންބަފައިން ތިބެނީ ވަރިވެފަ އެވެ. ފިރިހެންމީހާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީ އަދި ގެވެށި އަނިޔާގެ ކުށުގެ ރެކޯޑު އޮތް މީިހެއް ކަން ވެސް އެނގިފައި ވެއެވެ.