އިރުމަތީ އޭޝިއާގެ މަޝްހޫރު ޑިޖިޓަލް ޕްލެޓްފޯމް، ޓްރިޕްޒިލާއާ އެކު ރާއްޖެއިން ކެމްޕެއިނެއް ފަށައިފި އެވެ.
މި ކެމްޕެއިން ކުރިއަށްދާނީ މި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށެވެ. ޓްރިޕްޒިލާ އިން އިރުމަތީ އޭޝިއާގެ ޓޫރިޒަމާއި ސަގާފަތާއި ގުޅޭ ގޮތުން ކޮންޓެންޓް ތައްޔާރުކޮށް އޮންލައިން ޕްލެޓްފޯމުގައި އާންމުކުރެ އެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް ކޮންމެ މަހަކު 25 މިލިއަން މީހުންނަށް މައުލޫމާތު ފޯރުކޮށްދެ އެވެ.
ރާއްޖެއިން ފެށި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ޓޫރިޒަމާ ގުޅޭ ތަފާތު މައުލޫމާތުތައް ޓްރިޕްޒިލާގައި އާންމުކުރާނެ އެވެ. މި މައުލޫމާތުތައް އިރުމަތީ އޭޝިއާގެ ގައުމުތައް ކަމަށްވާ ސިންގަޕޫރާއި ފިލިޕީންސާއި އިންޑޮނޭޝިއާ އާއި މެލޭޝިއާގެ 850،000 މީހަކަށް ފޯރުކޮށްދެވޭނެ އެވެ.
އިރުމަތީ އޭޝިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ އެއް ސަރަހައްދެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު އެ ސަރަހައްދުން 87،000 ރާއްޖެއަށް އައިސްފައިވެ އެވެ. ނަމަވެސް ކޮވިޑާ ހެދި އިރުމަތީ އޭޝިއާގެ ގިނަ ގައުމުތައް އަދިވެސް އޮތީ ދުނިޔެއަށް ހުޅުވާނުލަ އެވެ. ނަމަވެސް ރާއްޖެއިން އަންނަނީ އެ ސަރަހައްދަށް އަމާޒުކޮށް ތަފާތު ކެމްޕެއިންތައް ހިންގަމުންނެވެ.
މިއަހަރުގެ މިހާތަނަށް ރޭއްޖެއަށް ފަސް ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ.