މުޖުތަމައަށް ތަފާތު ގޮތްގޮތުން ހިދުމަތް ކުރުމަށް "އެންލައިޓެން އަ މައިންޑްފުލް ކޮމިއުނިޓީ (އީއެމްސީ)" ގެ ނަމުގައި އާ ޖަމިއްޔާއެއް އުފައްދައިފި އެވެ.
އީއެމްސީގެ ކޯ ފައުންޑަރު ސަމާ އިބްރާހީމް ދީދީ ވިދާޅުވީ، އެ ޖަމިއްޔާގެ މަސައްކަތްތައް އަމާޒު ކުރާނީ ޒުވާނުން ބާރުވެރިކޮށް، ހިތްވަރު ހުރި ބަޔަކަށް ހެދުމަށް ކަމަށެވެ. ފަންނީ ތަރައްގީގެ ހަރަކާތްތައް ހިންގައި ޒިންމާދާރު، ރައްޔިތެއް ބިނާ ކުރަން އީއެމްސީން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީއެމްސީގެ ދެވަނަ ކޯ ފައުންޑަރު އައިމިނަތު ރީމާ ރަޝީދު ވިދާޅުވިގޮތުގައި، އެ ޖަމިއްޔާ އިން އަބަދުވެސް މަސައްކަތް ކުރާނީ، ކެރުންތެރި ދިވެހި މުޖުތަމައެއް ކަށަވަރު ކުރުމަށެވެ. އެކަމަށްޓަކައި ފަރުދީ ތަރައްގީގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަމަށް މަގުފަހިވާ ކޮންމެ ކަމެއް ވެސް ޖަމިއްޔާ އިން ކުރާނެ ކަމަށެވެ.
ރީމާ ވިދާޅުވީ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އިހުތިރާމާއި ލޯތްބާއި އަޅައިލުން މުޖުތަމައުން ނެތިގެން ނުދާނެކަން ކަށަވަރުކޮށް، ބަވަނަ ވެފައިވާ ދުނިޔެއާ ކުރިމަތިލުމަށް ދިވެހިންނަށް ފުރުސަތުތަކެއް ހޯދައި ދިނުން ކަމަށެވެ.
އީއެމްސީ އިއްޔެ އިފްތިތާހުކުރި އިރު އެ ޖަމިއްޔާގައި މިވަގުތު ތިބީ 11 ބޯޑު މެމްބަރުންނެވެ. އާންމު މެމްބަރުން ޖަމިއްޔާއާ ގުޅުމަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.