މާފަންނުގައި ހުރި ގުދަނަކުން ވަރަށް ބޮޑު ހަރުފައެއް މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގުދަނަކުން ހަރުފައެއް ފެނިގެން ހެނދުނު 11 ޖަހާކަށްހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ. އެކަން އެމްއެންޑީއެފަށް އެންގުމުން ސިފައިން އޭތި ނަގައިގެން ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އެކަމަކު ވީޑިއޯއަކުން އެ ހަރުފައިގެ އެއްބައި ފެނެ އެވެ. ވީޑިއޯ އިން ފެންނަ ވަރަށް ބަލާއިރު ވެސް އެއީ އާންމުކޮށް އުޅޭ ހަރުފަތަކާ ހިލާފަށް ވަރަށް ދިގު، އަދި ފަލަ ހަރުފަ އެކެވެ.
ސިފައިން ދިޔައިރު އެ ހަރުފަ އޮތީ ސީލިންގު މަތީގަ އެވެ.