ނިއު ޖާޒީ (މެއި 29) - އެމެރިކާގެ ނޭވީގެ ސްކައިޑައިވިން ޓީމުން ބޭއްވި ސްކައިޑައިވިން އިވެންޓެއްގައި ވައި ކުޑަ ނުހުޅުވުމުގެ ސަބަބުން ނޭވީ ސްކައިޑައިވަރަކު ވެއްޓި މަރުވެއްޖެ އެވެ.
ލީޕް ފްރޮގުގެ ނަމުން މަޝްހޫރު ޓީމުން ނިއު ޖާޒީގެ ލިބަޓީ ސްޓޭޓް ޕާކުގައި ބޭއްވި އިވެންޓުގައި ނޭވީ ސީލް ޓީމުގެ މެންބަރެއްގެ ވައި ކުޑަ ނުހުޅުވުމުގެ ސަބަބުން އޭނާ ވެއްޓުނީ ހުޑްސަން ކޯރަށެވެ. ކޯސްޓް ގާޑުން ވަނީ ވައިކުޑަ ނަގައިފަ އެވެ. އަދި ސިޓީގެ ފަޔާ ޑިޕާޓްމަންޓުގެ މެރިން ޔުނިޓުން ވަނީ ވެއްޓުނު ސްކައިޑައިވަރު ސިޓީ މެޑިކަލް ސެންޓަރަށް ގެންގޮސްފަ އެވެ. އޭނާ މަރުވީ ފަރުވާ ދެމުން ދަނިކޮށެވެ.
ވެއްޓުނު ސްކައިޑައިވަރާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާއާ އެކު އިތުރު ދެ މީހުން ހެލިކޮޕްޓަރުން ފުންމާލި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.
ނޭވީގެ ސްކައިޑައިވަރަކު ވެއްޓި މަރުވީ ނިއު ޔޯކު ސަރަހައްދުގައި ބޭއްވި ފްލީޓް ވީކް ހަރަކާތްތަކުގައި ސްކައިޑައިވް ކުރަނިކޮށެވެ.