ސައިބީރިޔާގައި 16 އަހަރުގެ ފިރިހެންކުއްޖަކު އަންހެންކުއްޖަކަށް ފޮނި ދައްކަނިކޮށް އިމާރާތެއްގެ 23 ވަނަ ބުރީގައި ވެއްޓުނު ނަމަވެސް މަރުނުވެ ސަލާމަތް ވެއްޖެ އެވެ.
އެލެކްސެންޑްރަ ޝަޑްރިން ނަމަކަށް ކިޔާ މި ފިރިހެންކުއްޖާ ވެއްޓި ޖެހުނީ އިމާރާތާ ދިމާލުގައި އޮތް ޓެކްސީއެއްގެ މައްޗަށެވެ. ކުއްޖާ ވެއްޓުނު އިރު ހުރި ބެލްކަންޏާއި ބިމާ ދެމެދު 230 ފޫޓު ހުއްޓެވެ.
އެހާ މަތިން ވެހިކަލްގެ މައްޗަށް ވެއްޓިފައި އޮތް އިރު ވެސް ކުއްޖާގެ ހޭ ހުރި ކަމަށްވެ އެވެ. ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ބާއްވައިގެންނެވެ.
މި މައްސަލަ ތަހުގީގުކުރާ ޓީމުން ބުނެފައި ވަނީ އެ ކުއްޖާ ވެއްޓުނީ ރެއިލިން މައްޗަށް އަރައިގެން އުޅެނިކޮށް ކަމަށެވެ. އެ ކުއްޖާ ވެއްޓި ޖެހުނު ޓެކްސީގައި އެވަގުތު މީހަކު ނެތެވެ.