ވިޔަފާރި ކުރުމަށް ފަހު ފޭކް ޓްރާންސްފާ ސްލިޕްތައް ފޮނުވާތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލް އިން އެދިއްޖެ އެވެ.

ބީއެމްއެލް އިން ބުނީ މި ދުވަސްވަރު އޮންލައިންކޮށް ވިޔަފާރިކުރުން އަނެއްކާވެސް އިތުރުވެފައި ވާއިރު ސައްހަ ނޫން ސްލިޕްތައް ފޮނުވައިގެން ވިޔަފާރިކުރާ ކަން ބައެއް ވިޔަފާރިތަކުން ބީއެމްއެލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ މިފަދަ ކަންކަމަށް ސަމާލުވެ، ފައިސާ ލިބުނުކަން ޔަގީން ކުރުމަށް އެ ބޭންކުން ވަނީ އެދިފަ އެވެ.

ސައްހަ ނޫން ޓްރާންސްފާ ސްލިޕްތައް ބޭނުންކޮށްގެން ވިޔަފާރި ކުރުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވި އެވެ. މިގޮތަށް އޮޅުވާލައިގެން މުދާ ހޯދުމުގެ މައްސަލަތައް އިތުރުވީ ކޮވިޑް-19ގެ ސަބަބުން އޮންލައިންކޮށް ވިޔަފާރިކުރުން އިތުރުވުމާ އެކުގަ އެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް، ރައްކާތެރިކަމާ އެކު ވިޔަފާރި ކުރުމަށް ޕީއޯއެސް އާއި މާޗަންޓް ޕޯޓަލްގެ އިތުރުުން ބީއެއެމްއެލް ގޭޓްވޭ ތައާރަފުކޮށްފަ އެވެ. މި ހިދުމަތްތަކާ އެކު، ފައިސާ ޖަމާވެފައިވާކަން ފަސޭހަކަމާއެކު ބަލައިލެވޭނެ އެވެ.