ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ނައިބު ރައީސް ޝިފާގް މުފީދު (ހިސްޓޯ) އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.
އެޗްއާރްސީއެމްގެ އޮފިޝަލަކު ވިދާޅުވީ ޝިފާގު އިސްތިއުފާ ދެއްވީ މިއަދު ކަމަށެވެ. ނަމަވެސް ސަބަބެއް ވިދާޅެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރުކަން ކުރެއްވި ޝިފާގް އެޗްއާރްސީއެމަށް އައްޔަންކޮށްފައި ވަނީ އޯގަސްޓް 2015 ގަ އެވެ. އަދި ކޮމިޝަންގެ ނައިބު ރައީސް ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުން ދިނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ޝިފާގް އެ ކޮމިޝަނުން އިސްތިއުފާ ދެއްވި އިރު ކޮމިޝަންގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން މީގެ ކުރިން ވާހަކަ ދައްކަވާފައިވެ އެވެ.