އޭޖޭއީ އެމްޕޯރިއަމް އަކީ އެކަކަށް ވެސް އާ ފިހާރައެއް ނޫނެވެ؛ މިއީ މުޅި ރާއްޖެ އަށް މަޝްހޫރު އަދި އެންމެންގެ އިތުބާރު ލިބިފައިވާ އިލެކްޓްރޯނިކް ފިހާރައެކެވެ. މި ފިހާރައިގައި އިލެކްޓްރޯނިކްގެ ދާއިރާގައި ނެތް މުދަލެއް ވަރަށް ނެތެވެ. ދިހަ އަހަރުގެ ތަޖުރިބާއާ އެކު އޭޖޭއީ އަދިވެސް އޮތީ ކުރީގަ އެވެ.
އަގުހެޔޮކޮށް އެއާ ކޮންޑިޝަނަރާއި ދޮންނަ މެޝިނާއި ފްރިޖް ކަހަލަ މުދާ ގަންނަން ބޭނުން ނަމަ އެންމެ ފުރަތަމަ އެއް ނަމަކީ ވެސް އޭޖޭއީ އެވެ. އޭގެ ސަބަބުތައް ވަރަށް ގިނަ އެވެ. އެ ފިހާރައިން ދޭ ޚިދުމަތެވެ. އިތުބާރެވެ. އަދި ހެޔޮ އަގެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި ރޯދަ މަހަށް ވެސް މި ފިހާރައިގައި ވަނީ ރޯދަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. "އަސްލު ސޭލް"ގެ ނަމުގައި ހިންގާ ޕްރޮމޯޝަންގައި 5-25 ޕަސެންޓް ޑިސްކައުންޓް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ޖޫން 6 ގެ ނިޔަލަށެވެ.
އޭޖޭއީގައި ހެޔޮ އަގުގައި އިންވާޓާ އޭސީ އާއި ސެންޓްރަލް ސިސްޓަމް އޭސީ ވިއްކަ އެވެ. އޭސީ ބްރޭންޑްތަކުގެ ތެރޭގައި ހިމެނެނީ ޕެނެސޮނިކް، އެލްޖީ، އަދި ސުޕާ ޖެނެރަލް ބްރޭންޑްތަކެވެ. އޭޖޭއީގެ އޯނަރު އަޖުހަދު އަބްދުﷲ ވިދާޅުވި ގޮތުގައި އޭނާގެ ފިހާރައިން އިސްކަން ދެނީ ކަރަންޓު ހަރަދު ކުޑަކޮށްދޭ ޓެކްނޮލޮޖީ ގިނައިން ގެންނާށެވެ. އޭސީތަކުގެ ތެރެއިން ސުޕަ ޖެނެރަލް އާއި ޕެނެސޮނިކްގެ 80 ޕަސެންޓް، އަދި އެލްޖީގެ 60 ޕަސެންޓަކީ އިންވާޓާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުރިޖުގެ މައިގަނޑު ހަތަރު ބްރޭންޑެއް މި ފިހާރައިން ލިބެން ހުރިއިރު، އޭގެ ތެރޭގައި ވެސް އިންވާޓާ ޓެކްނޮލޮޖީ ގިނަ އެވެ. އެގޮތުން އެންމެ ފަހުގެ އިންވާޓާ ފްރިޖްތަކުގެ ތެރޭގައި ޕެނެސޮނިކް، އެލްޖީ، ތޮށީބާ، އަދި ޝާޕް ބްރޭންޑް ހިމެނެ އެވެ. ބޮޑެތި ވިޔަފާރިތަކަށް ހާއްސަކޮށް ގެނެސްފައި ހުންނަނީ ސުޕާ ޖެނެރަލްގެ ބިއްލޫރި ޓޮޕް އަދި ހާޑް ޓޮޕް ޗިލަރާ ޑީޕް ފްރީޒަރެވެ.
އެލްޖީ، ޕެނެސޮނިކް، ތޮށީބާ، ޝާޕް، އަދި ސުޕާ ޖެނެރަލް ދޮންނަ މެޝިންގެ ޒަމާނީ ތިން ބާވަތެއް އޭޖޭއީ އިން މި އަހަރު ގެނަ އެވެ. އާދައިގެ ސެމީ އޮޓޮމެޓިކް މެޝިނާ، ފްރަންޓް ލޯޑް މެޝިނާ، އަދި ޕެނެސޮނިކްގެ ޓޮޕް ލޯޑް މެޝިނު އެ ފިހާރާގައި އެބަހުއްޓެވެ.
އޭޖޭއީ އިން ވަނީ ވަރަށް ފަހުން ޓީވީގެ ވިޔަފާރި ވެސް ފުޅާކޮށްފަ އެވެ. ޕެނެސޮނިކް، އެލްޖީ، ސެމްސަންގް، ޝާޕް، ފިލިޕްސް، އަދި ހައިސެންސް ޓީވީ އެ ފިހާރައިގައި ލިބެން އެބަހުއްޓެވެ. އެންމެ ފަހުގެ ޓީވީތަކުގެ ތެރޭ ގައި ކާވްޑް ޓީވީ އާއި ތްރީ ޑީ ސްކްރީން ޓީވީ ރަނގަޅު އަގުތަކެއްގައި ލިބެން އެބަހުއްޓެވެ.
ބަދިގެ އަށް ކޮންމެ އެއްޗެއް ބޭނުންވިއަސް އޭޖީއޭ އަށް ހިނގައްޖިއްޔާ އެއްތަނަކުން ހުރިހާ އެއްޗެއް ލިބޭނެކަން ޔަގީނެވެ. އޮޕްޓިމާ އަދި ޕްރިންސަސް ބްރޭންޑްގެ ބަދިގޭ ހުރިހާ ސާމާނެއް އެ ފިހާރާގައި ހުރެއެވެ. އޮޕްޓިމާ މައިކްރޯވޭވް، މިކްސަރު އަދި މަސް ފިހާ އަވަން ވެސް ލިބެން ހުރެއެވެ. ބަދިގޭގެ ސާމާނުގެ ތެރޭގައި އިންޑެސިޓް ބްރޭންޑްގެ ބަދިގޭ ކައުންޓަރަށް ފައްތާލެވޭ އުނދުނާއި ސުޕާ ޖެނެރަލާ ވެސްޓްޕޮއިންޓްގެ 4-5 ބާނާ ލާފައި ހުންނަ އުނދުން ވެސް އޭޖޭއީ އިން ލިބޭނެ އެވެ. ހާއްސަ ޕްރޮޑަކްޓެއްގެ ގޮތުގައި ޝާޕް އަވަން އެ ފިހާރައިން ވަރަށް އަގުހެޔޮކޮށް މި ދުވަސްކޮޅު އެބަ ވިއްކަ އެވެ.
އޭޖޭއިން ވިއްކާ 90 ޕަސެންޓް އައިޓަމަށް ވޮރެންޓީ ލިބޭނެ ކަމަށާއި ސަޕޯޓް ސާވިސް ވެސް އެ ފިހާރައިން ލިބޭނެ ކަމަށް އަޖްހަދު ވިދާޅުވި އެވެ. އަދި ރޯދަ މަހުގެ ފަހުން އެ ފިހާރައިން ކުރާނެ އެންމެ މުހިންމު އެއް ކަމަކީ ޕްރީ އޯޑަރަށް މުދާ ގެނެސްދިނުމެވެ. އެކަމަށް އޭނާގެ މުޅި ޓީމު ތައްޔާރެވެ.