އުރީދޫން، 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގައި ލިބޭ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. ބިލެތްފައްސަށް ތައާރަފު ކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ބިލެތްފަހިން ސުޕާނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު ލިބޭނެ ކަމަށެވެ. އަދި 500ރ. އިން މަތީގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަހަށް 100 ޕަސެންޓާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ ކަމަށް ބުންޏެވެ.

ބިލެތްފަހީގެ ކަސްޓަމަރުންނަށް އަމާޒުކޮށް ގެންދާ އެ ޕްރޮމޯޝަން ނިމޭނީ އަންނަ މާޗު މަހުގެ ނިޔަލަށެވެ.

އުރީދޫން ބުނިގޮތުގައި، ސުޕަނެޓްގެ ޕެކޭޖުތައް ވަރަށް ފަހުން ވަނީ އަޕްގްރޭޑްކޮށް، ބަދަލުތަކެއް ގެނެސްފަ އެވެ. އެ ބަދަލުތަކުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އަށް ސްޕީޑް އިތުރުވެ 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ ލިބޭނެ ކަމަށް ބުންޏެވެ. އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް މިހާރު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ސުޕަނެޓް ގެންގުޅޭ ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއި މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވާ ގޮތް ވަނީ ހަދައިފަ އެވެ.