ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ، 18 އަހަރަށް ޖަލަށްލާން ކޯޓުން މިދިޔަ އާދީއްތަ ދުވަހު ހުކުމްކުރީ ޏ. ފުވައްމުލަކު، ފުނާޑު، ނަވާ، އަބްދުﷲ ވަހީދު މޫސާގެ މައްޗަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ދައުވާއާ ގުޅިގެން އޭނާ ބަންދުގައި ހުރި އެއް އަހަރާއި ހަތް މަހާއި ނުވަ ދުވަސް ހުކުމުގެ މުއްދަތުން އުނިކުުރުމުން އަބްދުﷲ ވަހީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި ހަތަރު މަހާއި 21 ދުވަހުގެ ޖަލު އަދަބު ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
އެ މީހާގެ މައްޗަށް ކުށް ސާބިތުވުމަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ދިވެހި ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއް ކަމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެެ.