ދަ ސްކައުޓް އެސޯސިއޭޝަން މޯލްޑިވްސް އާއި ވޯލްޑް ސްކައުޓް ބިއުރޯ އޭޝިއާ ޕެސިފިކް ސަޕޯޓް ސެންޓަރާ ގުޅިގެން ބާއްވާ އޭޝިއާ ޕެސިފިކް ރީޖަނަލް ވޯކްޝަޕް އިއުލާނުކޮށްފި އެވެ.
މި ވޯކްޝޮޕް އޮންނާނީ މި މަހުގެ 22 އިން 25 އަށް ފަރުކޮޅުފުށީގަ އެވެ.
ސްކައުޓް އެސޯސިއޭޝަނުން ބުނި ގޮތުގައި އެ ވޯކްޝޮޕުގައި ބައިވެރިންނަށް ތަމްރީނު ދޭނީ ކާރިސާތަކުގައި މުއާމަލާތް ކުރުމަށާއި ރެޕިއުޓޭޝަން މެނޭޖުކުރުމާ ގުޅޭ ގޮތުންނެވެ. މި ވޯކްޝޮޕަކީ 2022 އިން 2025 އަށް އެކުލަވާލާފައިވާ އޭޝިއާ ޕެސިފިކް ރީޖަނަލް ޕްލޭންގައި ހިމެނޭ ނެޝެނަލް ސްކައުޓް އޮގަނައިޒޭޝަންގެ ކެޕޭސިޓީ އިތުރުކޮށް ކޮމިއުނިކޭޓުކުރުން ހަރުދަނާ ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ދަށުން ހިންގާ ވޯކްޝޮޕެކެވެ.
އެ ވޯކްޝޮޕުގައި ސްކައުޓްގެ ބްރޭންޑާއި އަގު ހިފަހައްޓާނެ ގޮތާއި ނެޝަނަލް ސްކައުޓް އޮގަނައިޒޭޝަނުން ކްރައިސިސް މެނޭޖުކޮށްފައިވާ އެންމެ ރަނގަޅުގޮތްތައް ދަސްކޮށްދޭނެ އެވެ. އަދި ކާރިސާގެ ހާލަތްތަކުގައި ވޯލްޑް ސްކައުޓް ބިއުރޯ އޭޝިއާ ޕެސިފިކް ސަޕޯޓް ސެންޓަރުން ސަޕޯޓް ހޯދާނެ ގޮތާއި ސަޕޯޓް ދޭންވީ ގޮތްތަކާއި ނެޝަނަލް ސްކައުޓް އޮގަނައިޒޭޝަނުން ކާރިސާތަކުގައި މުއާމަލާތް ކުރަންވީ ގޮތުގެ ކޮމިއުނިކޭޝަން ޕްލޭނެއް އެކުލަވާލާނެ ކަމަށް ވެސް ބުންޏެވެ.
މި ވޯކްޝޮޕަކީ ނެޝަނަލް ސްކައުޓް އޮގަނައިޒޭޝަންތަކުގެ އޭޝިއާ ޕެސިފިކް ރީޖަނުގެ ކޮމިއުނިކޭޝަން، ޕަބްލިކް ރިލޭޝަންސް އަދި ބްރޭންޑިންގަ މަސައްކަތްކުރާ ސްކައުޓުންނަށް އަމާޒުކޮށް ހިންގާ ވޯކްޝޮޕެކެވެ. އަދި "ސޭފް ފްރޮމް ހާމް"، "ޔޫތް ޕްރޮގްރާމް"، "އެޑަލްޓް އިން ސްކައުޓިން" އަދަ ގަވާނަންސް ފަދަ މަސައްކަތްތަކުގައި އުޅޭ ސްކައުޓް ލީޑަރުންނަށް ހާއްސަ ތަމްރީނު ޕްރޮގުރާމެކެވެ.