ޕެޑުން ޓެކްސް ނެގުން ހުއްޓާލައިފި އެވެ.
ޑިސެމްބަރު 3 ގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ގާނޫނާ އެކު ޓެކްސް ނުނަގާ އެއްޗެހީގެ ތަފްސީލު، ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ވަނީ އާންމުކޮށްފަ އެވެ.
މީރާ އިން ނެރުނު ޓެކްސް ރޫލިންގައި ބުނެފައި ވަނީ ހައިޟުގެ ދުވަސްވަރުގައި ނުވަތަ ނިފާސްކަމުގެ ދުވަސްވަރުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައި ހުންނަ ސެނިޓަރީ ޓަވަލް އާއި ސެނިޓަރީ ޕެޑާއި ޕޭންޓީ ލައިނާސް އާއި ޕެޑު ނުވަތަ ޓަވެލްއާ އެކީ ބޭނުން ކުރަން އުފައްދާ ސެނިޓަރީ ބެލްޓްގެ އިތުރުން ހައިޟުގެ ދުވަސްވަރު ބޭނުންކުރާ އިންޓާނަލް ޑިވައިސް (ކީޕާސް) އަދި މެޓާނިޓީ ޕެޑުން ޓެކްސް ނުނެގޭނެ ކަމަށެވެ.
މިއީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި 24 ވަނަ އިސްލާހެވެ.
ޕެޑުން ނަގަމުން އަންނަ ޓެކްސް ކަނޑާލަން މަޖިލީހުން ފާސްކުރި އިރު އެއީ އާ ސަރުކާރުގެ 100 ދުވަހު ތެރޭގައި ހިމެނޭ އެއް ވައުދެވެ.