ރިއޯ ޑި ޖެނީރޯ (މާޗް 18) - ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި އަދި ސެނެޓުގެ މެންބަރު ރޮމާރިއޯ ޑި ސޫޒާ، ރިއޯ ޑި ޖެނީރޯގެ ގަވަރުނަރުގެ މަގާމަށް ވާދަކުރަން ނިންމައިފި އެވެ.

ބްރެޒިލްގައި އެންމެ ބޮޑަށް ހަމަނުޖެހުން ހިންގާ ސްޓޭޓް ރިއޯ މިހާރު ވަނީ ބަނގުރޫޓުވުމުގެ މަގުމަތީގަ އެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި ފޯވާޑް ވިދާޅުވީ އަންނަ އޮކްޓޯބަރު މަހު އޮންނަ އިންތިޚާބުގައި ވާދަކުރަން ނިންމީ ރިއޯ އަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

"ހަމަޖެނުން ބޮޑު މި ދުވަސްވަރު ބަދަލެއް އަވަހަށް ބޭނުންވޭ. އަޅުގަނޑުގެ ނެތް ގަވަރުނަރުކަމުގެ ތަޖްރިބާއެއް. އެކަމަކު ހަޔާތުގައި ދަސްވި އެއްޗެއް ދެއްކުމުގެ އުއްމީދުގައި މި ހުރީ،" ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ އުމުރުން 52 އަހަރުގެ ރޮމާރިއޯގެ ކެމްޕޭން އިއުލާން ކުރައްވަމުން ވިދާޅުވި އެވެ.

ސެނެޓުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ފުޓުބޯޅަ އިން ކޮރަޕްޝަން ނައްތާލުމަށް ރޮމާރިއޯ ކުރެއްވި މަސައްކަތަށް ގިނަ ބައެއްގެ ތައުރީފް ލިބިފައިވެ އެވެ.