މިދިޔަ ރޯދަ މަހު "މިހާރު" އިން ކުރިއަށްގެންދިޔަ ކުއިޒްގެ އިނާމު ލިބުނު މީހުން މިއަދު އިއުލާންކޮށްފި އެވެ.

މިއަހަރުގެ ކުއިޒްގައި ހިމަނާފައި ވަނީ ރާއްޖޭގެ ތާރީހާއި ބައެއް މުހިންމު ހާދިސާތަކާއި ވަކިވަކި ޝަހުސިއްޔަތުތަކާ ބެހޭ ސުވާލުތަކެވެ. އަދި ވަނަތައް ހޮވުމުގައި އެންމެ މަދުން ފުރުސަތު ބޭނުންކޮށް، އެންމެ އަވަހަށް ޖަވާބުދޭ މީހުން ވަނީ ބަލައިފަ އެވެ.

މި ކުއިޒްގެ އެއްވަނަ ހޯދި ފަރާތުން އެންމެ ފުރުސަތަކުން، 53 ސިކުންތުގެ ތެރޭގައި 24 ޖަވާބު ދިމާކޮށްފައިވެ އެވެ. އެއީ ކުއިޒްގައި "ފާތިމަތު" ގެ ނަމުގައި ބައިވެރިިވި މީހެކެވެ. އެއްވަނަ އިނާމުގެ ގޮތުގައި ހުށަހަޅާފައިވަނީ ސިމްޑީން ދޭ ކެނޮން އެސްއެކްސް 430 ކެމެރާއެކެވެ.

ދެވަނައަށް ދިޔައީ އަލީ ޝާފިއުގެ ނަމުގައި ބައިވެރިވެ އެންމެ ފުރުސަތަކުން 53 ސިކުންތުގެ ތެރޭގައި 24 ޖަވާބު ދިމާކުރި މީހެކެވެ. ދެވަނަ އިނާމަކަށް ހުށަހަޅާފައިވަބީ ރެއިންބޯ އިން ދޭ ގްލައިޑިން ގޮނޑިއެކެވެ.

މި ކުއިޒުގެ ތިންވަނައަށް ހޮވުނު ހުސައިން ހަބީބުގެ ނަމުގައި ބައިވެރިވި ފަރާތުން ދެ ފުރުސަތުން 58 ސިކުންތުގެ ތެރޭގައި 24 ޖަވާބު ދިމާކޮށް އިނާމުގެ ގޮތުގައި 3،000ރ. ވަނީ ހޯދައިފަ އެވެ.

އިނާމުތައް ލިބުނު މީހުންނަށް "މިހާރު" އިން ގުޅައި އިނާމު ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ އެވެ.