ޕަތާންގެ ޝޫޓިންތަކުގައި އަވަދިނެތި އުޅެމުން އަންނަ ބޮލީވުޑްގެ ތަރި، ޝާހް ރުކް ޚާނަށް އިތުރު ފިލްމެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޑައިރެކްޓަރު ރާޖްކުމާރް ހިރާނީގެ ފިލްމެއްގައި މަސައްކަތްކުރަން ޝާހު އަށް ފުރުސަތު ލިބިފައިވެ އެވެ. އަދި މިހާރު މުމްބާއީގައި އެ ފިލްމުގެ ޝޫޓިންތައް ވެސް ފަށާފައިވާ ކަމަށްވެ އެވެ.
އެކަމަކު މިހާތަނަށް އެެ ފިލްމަށް ވަކި ނަމެއް ދީފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އެއީ ރާޖްކުމާރް މީގެ އަހަރުތަކެއް ކުރިންސުރެ ވަރަށް އިންތިޒާރުކުރަމުން އައި ޕްރޮޖެކްޓެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެއީ ސޯޝިއަލް ކޮމެޑީއެކެވެ. އޭގެ ލީޑް ބަތަލާ އަކީ ތާޕްސީ ޕަންނޫ ކަމަށް އަޑުއެރިޔަސް އަދި އެކަން ކަށަވަރެއް ނުވެ އެވެ.
އެންމެ އަވަހަށް ދެން ޝާހުގެ ފިލްމަކަށް ނެރޭނީ "ޕަތާން" އެވެ. އެއީ ދީޕިކާ ޕަދުކޯނާއި ޖޯން އަބްރަހަމް ވެސް ލީޑުން ފެންނާނެ ފިލްމެކެވެ.