ރ. އުނގޫފާރު މީހަކު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް މިދިޔަ ހުކުރު ދުވަހު ހޮވައިފި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ފެނުނީ ޑިންގީއެއްގައި ނިކުމެ އުޅުނު މީހަކަށް ކަމަށެވެ.

އެ މީހާގެ ގާތްމީހުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން ނަމަ ނުވަ ކިލޯ ހުންނާނެ އެވެ.

އެނގިފައިވާ ގޮތުގައި، ހުަދަންބަރެއް ކަމަށް ބެލެވޭ އެތި ހޮވި މީހާ މިހާރު ވަނީ ސްރީ ލަންކާ އަށް އެ ޓެސްޓު ކުރަން ގޮސްފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން މީގެ ކުރިން ވެސް މާވަހަރު ފެނިފައި ވެ އެވެ.

ގދ. ފިޔޯރީ ފަޅުތެރެއިން މިދިޔަ އަހަރު ގާތްގަނޑަކަށް 300-400 ގްރާމުގެ މާވަހަރެއް ވަނީ ހޮވައިފަ އެވެ.

ބައެެއް މީހުން، މާވަހަރު ވިއްކަން މިލިއަނުން ފައިސާ ހޯދަފައިވާއިރު އަނެއް ބައި ފަހަރު މާވަހަރަށް ނުވެގެން އުކާލަން ވެސް ޖެހިފައި ވެ އެވެ.