ދުނިޔޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ބަލާ އިންޑެކްސްގައި ރާއްޖެ 19 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިދިޔަ އަހަރު 98 ވަނައިގައި އޮތުމަށް ފަހު މިއަހަރުގެ އިންޑެކްސްގައި 19 ދަރަޖައިގެ ކުރިއެރުން ހޯދައި، ރާއްޖެ މިހާރު އޮތީ 79 ވަނައިގަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބޫޓާން ނެގުމަށް ފަހު އެ އިންޑެކްސްގައި ކުރީގައި އޮތީ ރާއްޖެ އެވެ. އެ އިންޑެކްސްގައި ދެކުނު އޭޝިއާގައި އެހެން ބައެއް ގައުމުތައް އޮތީ މިދިޔަ އަހަރަށް ވުރެ ފަހަތުގަ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖެއިން ވަނީ އެ އިންޑެކްސްގައި ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. މިދިޔަ އަހަރު ރާއްޖެއިން 98 ވަނަ އަށް ހޯދީ އޭގެ ކުރީ އަހަރު 120 ވަނައިގައި އޮތުމަށް ފަހު އެވެ.