އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ހަމައެކަނި ކާފަ ދަރިކަލުން ޖޯން (ޖެކް) ކްލޮސްބާގް ސީބީއެސް ޓީ ސިލްސިލާ "ޓްރޫ ބްލަޑް" އިން އޭނާގެ އެކްޓިން ހުނަރު ދައްކާލައިފި އެވެ.
ސިބީއެސް މީގެ 8 އަހަރު ކުރިން ފެށިގެން ދައްކަމުން އަންނަ ސިލްސިލާގެ 8 ވަނަ ސީޒަންގެ ފިނާލޭ އެޕިސޯޑްގައި، 25 އަހަރުގެ ޖެކް ކުޅުނީ ޖެކް ހެމާ ކިޔާ ނިއު ޔޯކްގެ ފުލުހެއްގެ ރޯލެވެ. ޖެކްއަކީ ކެނެޑީގެ އަންހެން ދަރިކަނބަލުން ކެރޮލިން ބޯވިއާ ކެނެޑީ އާއި އެޑްވިން ކްލޮސްބާގްގެ ދަރިފުޅެވެ.
"ޓްރޫ ބްލަޑް" އިން ޖެކް ފެނުމުން މި ސިލްސިލާ އަށް އާންމުންގެ ސަމާލުކަން ވަނީ އިތުރުވެފަ އެވެ. ޖެކް ފެނިގެން ދިޔަ އެޕިސޯޑް ބެލި ބައެއް މީހުން ބުނެފައި ވަނީ އޭނާގެ ކިބައިގައި ކާފަ ކެނެޑީގެ ސިފަތަކެއް އެބަހުރި ކަމަށާއި ދެ މީހުން ވައްތަރު ވެސް ކަމަށެވެ.
ޖެކް ވަނީ "ބްލޫ ބްލަޑް" ގެ ބައެއް ތަރިންނާ އެކު ނަގާފައިވާ ފޮޓޯއަކާއި ސީޒީރުން އޭނާ ފެންނަ އެޕިސޯޑްގެ މަންޒަރުތަކެއް ޓީވީން ރިކޯޑްކޮށް އިސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. މި ސިލްސިލާގެ އިތުރު ސީޒަނެއް ގެނެސް ދޭން ސީބީއެސް ވަނީ ނިންމައިފަ އެވެ. އެހެންވެ ފަހަރުގައި އަދި ޖެކް ފެނިގެން ވެސް ހިނގައި ދާނެ އެވެ.
އެމެރިކާގެ 35 ވަނަ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލީ އުމުރުފުޅުން 46 އަހަރުގައި 1963 ގަ އެވެ.