މާލޭގެ ޕްރީސްކޫލެއްގައި ކުޑަ އަންހެންކުއްޖަކަށް ގިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ރިޕޯޓު ލިބުމާ ގުޅިގެން އެ ކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއީ ކުޑަކުއްޖެއްގެ މަސްލަހަތު އޮތް މައްސަލައެއް ކަމުން އިތުރު ތަފުސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މީގެ ހަތަރު ދުވަސް ކުރިން ކަމަށް ވާއިރު، އެ ކުއްޖާ އަށް އަނިޔާ ލިބުނީ ކާކުގެ ފަރާތުން ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.
ޖިންސީ ގޯނާގެ ސަބަބުން އެ ކުއްޖާ އަށް ލިބުނު އަނިޔާތަކަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.