ވޯލްޑް ކަޕް ކާމިޔާބު ކުރި ތިން ކުޅުންތެރިންގެ ކޮންސޯޓިއަމަކުން ޕޯޗުގަލްގެ ޕްރައިމޭރާ ލީގާގައި ވާދަކުރާ އެސްޓްރެލާގެ 90 ޕަސަންޓް ހިއްސާ ގަނެފި އެވެ.
ޖަރުމަނަށް 2014 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ތޯމަސް މުލާ އާއި މެޓްސް ހުމެލްސް އަދި ފްރާންސަށް 2018 ގެ ވޯލްޑް ކަޕް ކާމިުޔާބުކޮށްދިނުމުގައި ހިއްސާވި ލޫކަސް ހެނާންޑޭޒާއި ސްވިޒަލޭންޑްގެ ކުރީގެ އެއްވަނަ ކީޕަރު ޔާން ސޮމާ ލީޑްކުރާ ކޮންސޯޓިއަމުން ވަނީ އެސްޓްރެލާގެ ކުރީގެ ރައީސް ޕައުލޯ ލޮޕޯ އަށް 48 މިލިއަން ޑޮލަރު ދައްކާފަ އެވެ.
ދަރަނިވެރިވެގެން 2011 ވަނަ އަހަރު ދަރަނި ނުދެއްކާ ހާލަތަށް ދިޔަ ކްލަބް، ޕައުލޯ ލޮޕޯ 2020 ގައި ގަތީ 84،000 ޑޮލަރަށެވެ. އޭރު އެ ކްލަބް އޮތީ ދަށް ޑިވިޝަނުގަ އެވެ.
އެސްޓްރެލާގެ ރައީސްކަމާ ދެން ހަވާލުވަނީ މުލާ އާއި ހުމެލްސް އަދި ލޫކަސް ހެނާންޑޭގެ ކުޅުނު ބެޔާން މިޔުނިކްގެ ސްޓްރެޓެޖިކް މަގާމެއް އަދާކުރި ޔޮހަނަސް މޮސްމަންގް އެވެ. އުމުރުން 35 އަހަރުގެ މޮސްމަންގް މިދިޔަ 10 އަހަރު މަސައްކަތް ކުރީ ބެޔާންގެ ޕްލޭޔާމެނޭޖްމަންޓް ޑިޕާޓްމަންޓުގަ އެވެ.
ތިންވަނަ ޑިވިޝަނުގައި 2020 ގައި އޮތް ކްލަބް އޭގެ ފަހުން ދެވަނަ ޑިވިޝަނުން ޖާގަ ހޯދި އެވެ. އަދި 2023 ގައި އެއްވަނަ ޑިވިޝަނަށް ކޮލިފައިވި އެވެ. މިދިޔަ ސީޒަނުގައި އެ ކްލަބް ނިންމާލީ 18 ޓީމު ހިމެނޭ ޕޯޗުގަލް ލީގުގެ 15 ވަނައިފަ އެވެ.
2011 ވަނަ އަހަރު ދަރަނިވެރިވެ "އިންސޯލްވެންޓް" ކަމަށް ކަނޑައެޅުނު އެސްޓްރެލާއަށް، މިއަދު މިވަނީ ހީވެސް ނުކުރާވަރުގެ ކުރިއެރުމެއް ލިބިފައެވެ. 2020 ވަނަ އަހަރު ސިންޓްރާއާ އެއްވެ، ޕޯޗުގަލްގެ ތިންވަނަ ޑިވިޝަނަށް ވެއްޓުނު އެސްޓްރެލާ، 2023 ވަނަ އަހަރު ޓޮޕް ފްލައިޓަށް އަލުން ކޮލިފައިވެފައިވެ އެވެ.
އެސްޓްރެލާގެ ނިސްބަތްވާ ވަނީ ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގެ ހުޅަނގު އުތުރުން 10 ހަ މޭލު) ދުރުގައި އޮންނަ އަމަޑޯރާ އަށެވެ.