އއ. އުކުޅަހުގައި ކާރެއް ދަށުވެ ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު އެ ހާދިސާ ހިނގީ ހަވީރު 5:30 ހާއިރު ކާރެއް ފަހަތަށް ޖަހަން އުޅުމުގެ ތެރޭގައި ކަމަށެވެ.
އެ ހާދިސާގައި އަނިޔާވީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި އަނިޔާވި ކުއްޖާ އިތުރު ފަރުވާ އަށް މާލެ ފުރުވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ބޭރުފުށުން މާ ބޮޑު އަނިޔާއެއް ނުލިބެ އެވެ. ނަމަވެސް މާލެ ފޮނުވާލަން ޖެހުނީ އެ ކުއްޖާގެ ގައިމަތިން ކާރު ދިޔުމުން އެތެރެ ހައްޓަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށެވެ.