މެޑްރިޑް (ޖުލައި 5) – ރެއާލް މެޑްރިޑުގެ ޕޯޗުގަލް ޑިފެންޑަރު ޕެޕޭ ހިލޭ ޓްރާންސްފާއެއްގެ ދަށުން ތުރުކީގެ ޗެމްޕިއަން ބެސިކްޓަސް އަށް ސޮއިކޮށްފި އެވެ.

މެޑްރިޑާ އެކު ޕެޕޭ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން އޭނާ އަށް ބޭނުން ކްލަބާ ގުޅުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އޭނާ ފްރާންސުގެ ޕީއެސްޖީ އާއި އިޓަލީގެ އިންޓަ މިލާނާ ގުޅޭނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އޭނާ ތުރުކީގެ ޗެމްޕިއަނުންނާ ގުޅުނު އެއްބަސްވުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި އޭނާ އެ ޓީމާ ގުޅުނީ ވީހާ ވެސް ގިނައިން ކުޅުމުގެ ފުރުސަތު ހޯދުމަށެވެ. ކުރިއަށް އޮތީ ވޯލްޑް ކަޕް އަހަރަށް ވުމުން ޕޯޗުގަލް ސްކޮޑުން ފުރުސަތު ހޯދުމަށް ވީހާ ވެސް ގިނައިން ކުޅެން ޖެހެ އެވެ.

ޕޯޗުގަލްގެ ޕޯޓޯ އިން 2007 ވަނަ އަހަރު ރެއާލް މެޑްރިޑާ ގުޅުނު ޕެޕޭ ވަނީ އެ ޓީމަށް 300 އަށް ވުރެ ގިނަ މެޗު ކުޅެދީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.