އަސުންސިއޮން (އެޕްރީލް 2) - ޕެރަގުއޭގެ ރިއާސީ ދައުރު އިތުރުކުރަން އެ ގައުމުގެ ރައީސް ކުރައްވާ މަސައްކަތާ ދެކޮޅުހެދުމުގެ ގޮތުން ރައްޔިތުން ނުކުމެ ހިންގި ހަމަނުޖެހުންތަކަށް ފަހު ދާޚިލީ ވަޒީރާއި ފުލުހުންގެ ވެރިޔާ ވަޒީފާ އިން ވަކިކޮށްފި އެވެ.
ހަމަނުޖެހުން ހިންގި މީހުން ވަނީ ޕާލަމެންޓް އިމާރާތުގައި އަލިފާން ޖަހައިފަ އެވެ. ހަމަނުޖެހުންތަކުގައި މީހަކު މަރުވުމާ ގުޅިގެން ފުލުހުންގެ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ޕެރަގުއޭގައި ހަމަނުޖެހުންތައް ހިންގަން ފަށާފައި ވަނީ ރައީސްގެ ދައުރު އިތުރަން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ސެނެޓުގެ 25 މެންބަރަކު ނިންމުމާ ގުޅިގެންނެވެ.
ޕެރަގުއޭގައި ޖެނެރަލް އަލްފްރެޑޯ ސްޓްރޮއެސްނާ 1954 އިން 1989 އަށް ހިންގި ޚުދުމުޚުތާރު ވެރިކަމަށް ފަހު އެ ގައުމުގައި 1992 ވަނަ އަހަރު ފާސްކުރި ގާނޫނު އަސާސީގައިވާ ގޮތުން ރައީސް އަށް ވެރިކަން ކުރެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ. ނަމަވެސް މިހާރުގެ ރައީސް ހަރެކްޓިއޯ ކާޓެސް ބޭނުން ވަނީ ދައުުރު ހަމަވުމުން އަދި އިތުރު ދައުރަކަށް ވެރިކަން ކުރާށެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން ބޭނުން ވަނީ ބަޣާވާތެއް ގެންނަން ކަމަށާއި އަދި އެކަމާ ދެކޮޅަށް ތެދުވުމަށް ވަނީ ގޮވާލައިފަ އެވެ.
ރައީސް ކާޓެސްގެ ރިޔާސީ ދައުރު ނިމޭނީ އަންނަ އަހަރު އެވެ.