ފުޅާ ދާއިރާއެއްގައި "ހޯމް އެޕްލަޔަންސް" ވިއްކަމުން އަންނަ "ރަންފައުން" އިން ދުނިޔޭގެ މަޝްހޫރު ޕެނެސޮނިކް ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކުމުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަށް ވެއްޖެ އެވެ.
އެ ފިހާރައިން ބުނީ ޕެނެސޮނިކް ފަދަ ބްރޭންޑެއްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރަން ނިންމީ، މާކެޓުގައި އެންމެ ހަރަދުކުޑަކޮށް އަދި އެންމެ ކަރަންޓް ހަރަދު ވެސް ކުޑައީ މި ބްރޭންޑްގެ އުފެއްދުންތަކަށް ވާތީ ކަމަށެވެ. އެފިހާރައިން ލިބޭ ޕެނެސޮނިކްގެ އުފެއްދުންތަކުގެ ސްޕެއާ ޕާޓުތައް ވެސް ފަސޭހައިން ލިބޭނެ އެވެ.
ޕެނެސޮނިކް ބްރޭންޑްގެ އެއާކޮންޑިޝަނާ އާއި އައިސްއަލަމާރި އާއި ދޮންނަމެޝިން ރަންފައުނުން ލިބެ އެވެ. ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ތަކެތި ލިބޭނެ އެވެ.
މަޖީދީމަގާއި ފަނޑިޔާރު މަގު ދެކަފިވާ ހިސާބުގައި ހުންނަ ރަންފައުން ފިހާރައިން ބުނީ ކުރިއަށް އޮތްތަނުގައި ވެސް ޕެނެސޮނިކްގެ އިތުރު ހޯމް އެޕްލަޔަންސްތައް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.