ބޮލީވުޑްގެ ތަރި، ހުމާ ގުރޭޝީ އާއި ސޮނާކްޝީ ސިންހާ ލީޑު ރޯލު ކުޅޭ ފިލްމު، "ޑަބަލް އެކްސްއެލް" ގެ ޓީޒާއެއް ނެރެފި އެވެ.

މިއީ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ކޮމެޑީ ފިލްމެކެވެ. އިއްޔެ އާންމުކުރި 30 ސިކުންތުގެ ޓީޒާގައި ފެންނަނީ ފަލަ އަންހެނުންނާ ގުޅޭ ގޮތުން ފިރިހެނުން ދެކޭ ގޮތާއި އެ މީހުންނަށް ހެޔޮވަރު އެއްޗެއް ހޯދުމާ ގުޅޭ ގޮތުން ސޮނާކްޝީ އާއި ހުމާ ބެންޗެއްގައި ތިބެ ވާހަކަ ދައްކާ މަންޒަރެވެ.

އެ ފިލްމަކީ ފަލަ އަންހެނުންނަށް ކުރާ ފުރައްސާރައާ ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ލީޑު އެކްޓަރުންގެ ގޮތުގައި ފެންނާނީ ޒަހީރު އިގްބާލާއި މަހަތު ރަގަވެންދަރު އެވެ.

ކުރިން ދިން އިންޓަވިއުއެއްގައި ޒަހީރު ބުނެފައިވާ ގޮތުގައި ސޮނާކްޝީ އާއި ހުމާ ވަނީ އެ ފިލްމަށް އެމީހުންގެ ބަރުދަން އިތުރުކޮށްފަ އެވެ. ގާތްގަނޑަކަށް 15-20 އަކަށް ކިލޯ އިތުރުކުރި ކަމަށް ބުންޏެވެ.

ސަތުރާމް ރަމާނީ ޑައިރެކްޓްކުރާ މި ފިލްމު އަންނަ މަހުގެ 14 ގައި ރިލީޒްކުރާނެ އެވެ.