ށ. މަރޮށިން ޑިންގީއެެއްގައި ނުކުތް ހަތަރު މީހަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހޯދަމުން އަންނަނީ އުމުރުން 18 އަހަރު ނުފުރޭ ދެ ކުއްޖަކާއި 18 އަހަރުން މަތީގެ ދެ މީހެކެވެ. އެ މީހުން ޑިންގީގައި ކަނޑުމައްޗަށް ނުކުތީ މަޖާކޮށްލަން ކަމަށް ވެ އެވެ.

އެ ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުގެ އެހީތެރިކަމަށް ވެސް އެދިފައިވާއިރު، މިހާރު ކައުންސިލުން ރަށުގެ ރައްޔިތުންނާ އެކު މަސައްކަތް ކުރަމުންް ދަނީ ގެއްލިގެން އުޅޭ މީހުން ހޯދުމަށް ނުކުތުމަށެވެ.

އެ މީހުން ޑިންގީގައި ނުކުތީ ކިހާއިރަކު ކަމާއި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ވެސް އަދި ނުލިބެ އެވެ.