އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އުމުރުން 13 އަހަރުގެ ކުއްޖަކަށް، އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު އުމުރުން 35 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހާގެ މައްސަލަ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ވޭމަންޑޫ މެޖިސްޓްރޭޓު ކޯޓުން އަށް ދުވަސް ދީފައިވާ ކަަމަށް ފުލުހުން ބުނެ އެވެ.

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލައެއްގައި މިދިޔަ ޖެނުއަރީ މަހު ވެސް ބައްޕައަކު ހައްޔަރުކުރި އެވެ. ނަމަވެސް ފަހުން އެ މީހާ ވަނީ ދޫކޮށްލައިފަ އެވެ.