ހަތިޔާރު ބޭނުންކޮށްގެން ހުޅުމާލޭގައި މާރާމާރީއެއް ހިންގަން އުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭ ކަަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ 10:50 ހާއިރު ފުލުހުން އެ ސަރަހައްދަށްދިޔަ އެވެ.
އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކޮށް އޭނާ ހުރި ތަނާ ކައިރިން "ބަޔޮނެޓް" ވަޅިއެއްގެ އިތުރުން ކަޓަރެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ވެސް ފެނުނެވެ. އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ވަޅި ފެނުނު ވެސް ފެނިފައިވެ އެވެ.
އެ މައްސަލާގައި އޭނާގެ އިތުރުން ފަސް މީހަކު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގެ އެހެން ސަރަހައްދަކުންނެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުން:
- ހަސަން އާހިލް، 20، - ލ. ގަން، ތުނޑި، އީޓްޖެހިގެ
- ޝަނޫން، 25، - ލ. ގަން، ތުނޑި، ޒިޔުރިކް
- މުހައްމަދު މައިސާން އަލީ ނަސީރު 21، - ލ. މާމެންދޫ، ކުދިރަތްމާގެ
- ހުސެއިން މުސްރިގު 30، - ލ. މާމެންދޫ، ކެރޯލް
- އިބްރާހިމް އަރުޒަލް، 28، - ލ. މާމެންދޫ، ރިހިވެލި
- އަހުމަދު އިނާޒު، 35، - ލ. މާމެންދޫ، ހުދުފަސް
ފުލުހުން ރޭގައި ބުނީ އެ މައްސަލައިގެ ތުހުުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ކަމަށެވެ.