ވަޒަން އަޅާފައި އޮތް މެގަޒިންއަކާ އެކު އެމެެރިކާ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ވަޒަންތަކެއް ފެނުނު މައްސަލައިގައި ހައްޔަރުކުރީ އިއްޔެ ވައިގެ މަގުން ރާއްޖެ އެތެރެވި އެމެރިކާ މީހެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލާ އެވެ.
އުމުރުން 36 އަހަރުގެ އެ މީހާގެ ލަގެޖު ބަލައިފާސްކުރިއިރު ވަޒަން އަޅާފައިވާ މެގަޒިނެއް ފެނުމުން އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ބަންދަށް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ އިދާރާއިން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.