ޑައިވިނަށް ގޮސް އުޅޭއިރު ދިމާވާ ހާދިސާތަކުގައި ޑައިވަރުން ބޭނުންކުރުމަށް ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓް ނުވަތަ ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހައިޕަބެރިކް ޔޫރަޕް ކިޔާ ކުންފުންޏަކުން ހަދިޔާކޮށްފި އެވެ.
ހައިޕަބެރިކްސް ޔޫރަޕަކީ މިފަދަ ސާމާނު އުފައްދާ ކުންފުންޏާ އެކެވެ. ދިވެހި އަސްކަރިއްޔާގެ ފަރާތުން އެއާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އިބްރާހިމް ހިލްމީ އެވެ.
އެމްއެންޑީއެފުން ވަނީ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެެއް ހަދިޔާކުރުމުން، އެ ކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ.
ހައިޕަބްރިކް ޓްރާންސްޕޯޓް ޔުނިޓަކީ ޑައިވިނަށް ގޮސް އުޅޭއިރު ދިމާވާ ކުއްލި ސިއްހީ ހާދިސާތަކުގައި އަނިޔާވާ މީހުންނާއި ބަލި މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ބޭނުންކުރާ ޕޯޓަބަލް ޕްރެޝާ ޗެމްބަރެކެވެ. އެއީ ޑައިވަރުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރެވޭ މުހިއްމު ވަސީލަތެކެވެ.