މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި އަހުމަދު އަޝްފާން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމަށް މިއަދު ބަދަލުކޮށްފި އެވެ.

އޭޕްރިލް 4، 2024 އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވި އަޝްފާންގެ ހިދުމަތުގެ އަގު އެ އިދާރާ އިން މިއަދު ވަނީ ވަޒަންކޮށްފަ އެވެ.

އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި އޭނާ ވަނީ 19 އަހަރު ވަންދެން ހިދުމަތް ކޮށްދެއްވައިފަ އެވެ.

އަޝްފާން ވަނީ ކުރިން ގައުމީ ޓީމަށް ކުޅެފަ އެވެ. އަދި ބައެއް ކުލަބުތަކަށް ވެސް އޭނާ ކުޅެފައިވެ އެވެ.