ވިކްޓަރީން މޮޅުވާން ދަނިކޮށް ފަހު ވަގުތު އަބްދުﷲ ޔާމިން ހުސައިން (ޔާން) ޖެހި ލަނޑުން ބުރު ސްޕޯޓްސްއިން ނަތީޖާ ހަމަހަމަ ކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 ންނެވެ.
މެޗު އެއްވަރުވުމުން، ދެ ޓީމަށް ވެސް ވަނީ މުހިންމު ފުރުސަތެއް ގެއްލިފަ އެވެ. ވިކްޓަރީ މޮޅުވިނަމަ، އީގަލްސްގެ މައްޗަށް ފަސް ޕޮއިންޓްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑަކާ އެކު ފަސްވަނަ އަށް އެރޭނެ އެވެ. ބުރު މޮޅުވިނަމަ، ނިއު ރޭޑިއަންޓްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑަކާ އެކު ކުރި އެރުނީހެވެ.
މެޗުގައި ވިކްޓަރީގެ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖެހީ މިލޯސް ލަޗްނީ އެވެ. މެޗުގެ 44 ވަނަ މިނެޓްގައި އެ ޓީމުން ނެގި ކޯނަރުން ތަނަވަސްވި ބޯޅަ ބޮލުން ލަޗްނީ ފޮނުވާލީ އުނދަގުލަކާ ނުލަ އެވެ.
ޔާން، މިވަނީ ވިދިވިގެން ތިންވަނަ މެޗިުގައި ބުރަށް ލަނޑު ޖަހައި ދީފަ އެވެ. އޭނާ ކުޅެން ނުކުތީ 69 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ ލަނޑު ޖެހީ 88 ވަނަ މިނެޓްގަ އެވެ.