ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފި އެވެ.
ފުލުހުން ބުނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި 60 އަހަރުގެ ދިވެހި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ސިހުރު ހަދަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަޖިލިސް އިންތިހާބުގައި ދާއިރާގެ ގޮނޑި ކާމިޔާބު ކުރި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
"ސިހުރު ހަދާ މީހާ ވަރަށް ގަދަ ކޮށްލައިފަ އެބަ ބުނޭ އަދިވެސް ބޭނުން އެއްޗެކޭ ހަދާލާނީ، އެއްވެސް ކަމެއް ނުކުރެވޭނެ އޭ،" އޭނާ ކިޔައިދިނެވެ.
އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން، އެ ރަށުގެ ގިނަ ބަޔަކު ވަނީ ކޯޓު ދޮށަށް އެއްވެ އެ މީހާ އާ ދެކޮޅަށް އިހުތިޖާޖުކޮށްފަ އެވެ.