ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗްގައި މިއަދު ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑެންގީ ހުމުގައި ހާލު ސީރިއަސްވެ ނިޔާވީ އަށް އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ކުރިން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޑެންގީގައި ހާލު ސީރިއަސްވާ ކުދިންގެ އަދަދު ފާއިތުވި ތިން އަހަރަށް ވުރެ މި އަހަރު ގިނަ ކަމަށެވެ.
ގިނަ ކުދިންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހި، ލޭ އަޅަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފަހުން ވެސް ޑެންގީ ހުން ޖެހިގެން ކުއްޖަކު ނިޔާވެފައިވެ އެވެ.