ޓިކްޓޮކްގައި ބަރަހަނާވި މުހައްމަދު ނަބީލް (ޔާޔާ) އެއް އަހަރާއި އެއް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި ބަރަހަނާވުމުގެ އިތުރުން ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މައްސަލާގައި ނަބީލްގެ މައްޗަށް ދެ ދައުވާއެއް ކުރި އެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އޮރިޔާން ކާޑު ހެދުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނަބީލް ދައުވާއަށް އިންކާރު ކުރިޔަސް، ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އޮރިޔާން ކާޑު ހެދުމުގެ ކުށުގައި އޭނާއަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.