ދިގު ފެތުމުގެ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ރިހާން ޝިހާމް އާއި ހަމްނާ އަހުމަދު ހޯދައިފި އެވެ.
މިއަދު، ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބޭއްވި ފެތުމުގައި ކުރިއަށް ގެންދިޔަ ފެތުމުގައި ހަތަރު ކެޓަގަރީގެ ތެރެއިން އެންމެ ވާދަވެރި ކެޓަގަރީ އަކީ ގައުމީ ފެންވަރުގެ ފެތުންތެރިންނަށް ހާއްސަ ކެޓަގަރީ އެވެ.
ފަސްކިލޯ މީޓަރު ކަޑަތު ކުރަން ޖެހޭ އެ ކެޓަގަރީގެ ފިރިހެން ބައިގެ އެއްވަނަ ރިހާން ހޯދީ ކުރީގެ ޗެމްޕިއަން އަލީ އިމްއާން ބަލި ކުރުމަށްފަހު އެވެ.
އިމްއާން ދިޔައީ ދެވަނަ އަށެވެ. ތިންވަނަ ހޯދީ މުހައްމަދު ނީޤް ނިޔާޒް އެވެ.
އަންހެން ބައިގެ އެއްވަނަ ހަމްނާ ހޯދީ އައީޝަތު ސައުޝަން އާ ވާދަކޮށްގެންނެވެ. އެ ބައިގެ ތިންވަނަ ހޯދީ ފާތިމަތު އަންޖަލް ފަޔާޒު އެވެ.
މިއަދު ކުޑަގިރީގައި ކުރިއަށް ދިޔަ ދިގު ފެތުމުގެ މުބާރާތަކީ، އެ ރަށް ހުޅުވި ފަހުން އެ ރަށުގައި ބޭއްވި ކުޅިވަރުގެ ރަސްމީ ފުރަތަމަ އިވެންޓެވެ.