ބީއެމްއެލްގެ އެހީގައި ގައުމީ ދާރުލްއާސާރު އަޕްގްރޭޑުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އަޕްގްރޭޑިންގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި މާދަމާ އާއްމުންނަށް ދާރުލްއާސަރު ހުޅުވާލާނެ ކަމަށެވެ. ދާރުލްއާސާރަށް ގެނައި އަޕްގްރޭޑުގެ ތެރޭގައި ދާރުލްއާސާރުގައި ކުރިން ބަހައްޓާފައިނުވާ އާސާރީތަކެތި ޑިސްޕްލޭ ކުރުން ހިމެނެ އެވެ. އަދި މަލްޓިމީޑިއާ އަށް ހާއްސަ ރޫމެއް ވެސް އެ ތަނުގައި ބީއެމްއެލްގެ އެހީގެ ދަށުން ވަނީ ހަދައިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ދާރުލްއާސާރުގެ ތަކެތި ބައްލަވާލައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ދާރުލްއާސާރުގެ ތަކެތި ބައްލަވާލައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބީއެމްއެލްއިން ދާރުލްއާސާރަށް ގެނައި އަޕްގްރޭޑިންގެ މަސައްކަތްތަކާއި އެ ތަނުގައިވާ ތަކެތި ބައްލަވާލެއްވުމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ވަޑައިގެންފަ އެވެ.

ބީއެމްއެލްއިން ދާރުލްއާސާރު ތަރައްގީކުރުމަށް ދެ މިލިއަން ރުފިޔާގެ އެހީ ވަނީ ދީފަ އެވެ.

މި މަސައްކަތަކީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތެވެ.