ކުރިން އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި މުޖުތަބާ ޖަލީލު މިއަދު ސަރުކާރުން ވަކިކޮށްފި އެވެ.

ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ދަނޑިވަޅުގައި އެންސްޕާ އިން މުޖުތަބާ ބަދަލުކުރީ އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށެވެ. އޭނާ ސަރުކާރުން ވަކިކުރީ ކީއްވެގެންކަމެއް ނޭނގެ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރަކަށް ހުންނެވި އާދަމް ޒާލިފް، ޖުލައި 9 ގައި އެ މަގާމުން ވަކިކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.