އޭނާގެ ބަރަހަނާ ވީޑިއޯއެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މެންބަރު އަހްމަދުގެ ބަރަހަނާ ވީޑިއޯއެއް ކަމަށް ބުނެ ޓުވިޓާގައި މިރޭ ވަނީ ވީޑިއޯއެއް ލީކް ކޮށްލައިފަ އެވެ.
މިރޭ އަހުމަދު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ވީޑިއޯއަކީ އަސްލެއް ނެތް ވީޑިއޯއެއް ކަމަށާއި އެކަމުން އޭނާ ބަރީއަވެގެންވާ ކަމަށެވެ.
"އަޅުގަނޑާ ބެހޭ ގޮތުން ދައުރުވަމުންދަނީ އެއްވެސް އަސްލެތް ނެތް ވީޑިއޯއެއް ކަމުގައި ދަންނަވަން. އަޅުގަނޑު އެކަމުން ބަރީއަ ވެގެން ވަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ބައެއްގެ ވީޑިއޯ ވެސް އާންމުވި އެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެތައް ދިވެހިންނެއްގެ މައްޗަށް ދައުލަތުން ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާކޮށްފަ އެވެ.