ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފި އެވެ.
އަހްމަދު ރިޔާޒަކީ އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
އަހްމަދު ރިޔާޒްގެ ކެމްޕެއިނަށް ހަދާފައިވާ އެކްސް ހެންޑަލްގެ ޕޯސްޓެއްގައި ބުނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ފާތިމަތު ޒިލްމާ އާއި ޓީމް އޭނާ އަށް ތާއީދުކޮށް އެންޑޯސްކޮށްފައިވާ ކަމަށެވެ.
"ޒިލްމާ ވިދާޅުވީ ގޮތުގައި މިއީ ދާއިރާގެ ތަރައްގީ އަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް ނިންމެވި ނިންމުމެއް،" އެ ޕޯސްޓުގައިވެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި ތިމަރަފުށި ދާއިރާ އަށް ވާދަކުރައްވަނީ އިބްރާހިމް ސަނާހް (ސަންތޯ) އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ތާއީދު އަހްމަދު ރިޔާޒް އޮތް ކަން ހާމަކުރައްވައިފަ އެވެ.