މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހެންވޭރު ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން 37 އަހަރުގެ ދިވެހި ފިރިހެނަކަށް ހަމަލާ ދީފައިވާކަމުގެ މައުލޫމާތު މިއަދު 12:21 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ޒަހަމްވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާ އަށް ލިބިފައި ވަނީ ކޮންކަހަލަ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލައިގެ ތުހުމަތަށް 25 އަހަރުގެ ދިވެހި އަންހެނަކު ވަނީ ގެނެސްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިނގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށެވެ.