ފިލިޕީންސްގެ މެނީލާގައި ބޭއްވި "މިސް އާތު 2022"ގެ "ވޯޓާ އެވޯޑް" ފަލަސްތީނުގެ ނަދީން އައްޔޫބު ހޯދައިފި އެވެ.

ތިމާވެށީގެ ތީމަށް 2001 އިން ފެށިގެން ބާއްވަމުން އަންނަ މި އިވެންޓުގައި އެކި ގައުމުތަކުން 85 ބައިވެރިން ބައިވެރިވި އެވެ. މިއީ ފަލަސްތީނުން މި އިވެންޓުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އެވޯޑް ލިބުނު ނަދީން އަށް ވަނީ "އެލިމެންޓަލް"ގެ ލަގަބު ލިބިފަ އެވެ. އަދި ފައިނަލިސްޓުންގެ ގޮތުގައި ތިބި ބައިވެރިންނަށް ވަނީ "މިސް ފަޔާ"، އަދި "މިސް އެއާ"ގެ ލަގަބު ދީފަ އެވެ.

މުޅި މުބާރަތުގެ އެއްވަނަ ހާސިލް ކުރީ ސައުތު ކޮރެއާގެ އިނާ ސޫޗީ އެވެ.

އެއްވަނަ ހާސިލްކުރި ސައުތު ކޮރެއާގެ އިނާ ސޫޗީ.
އެއްވަނަ ހާސިލްކުރި ސައުތު ކޮރެއާގެ އިނާ ސޫޗީ.

ވިއެނާ އަދި ބާލީގައި ހޯސްޓު ކުރި މި މުބާރާތް 2001 އިން ފެށިގެން ބާއްވަމުން އަންނަނީ ފިލިޕީންސްގަ އެވެ.

ކޮވިޑް-19 އަށް ފަހު، މިދިޔަ މަހު 12 ގައި މެނީލާގެ ކެސީނޯ ރިސޯޓާއި އޮކާޑާ މެނީލާ ހޮޓެލްގައި ބޭއްވި މި އިވެންޓުގައި، ތާޖު ހަވާލުކުރީ މިދިޔަ އަހަރުގެ މުބާރާތުން އެއްވަނަ ހޯދި ބެލިޒްގެ ޑެސްޓިނީ ވެގްނޯ އެވެ.

ކޮވިޑްގެ ދުވަސްވަރު މި މުބާރާތް ބޭއްވީ ވާޗުއަލް ކޮށެވެ.