ކުއްލި ހާލަތުގައި އެއް ނަމްބަރަކުން ހިދުމަތްތައް ފޯރު ކޮށްދެވޭނެ ގައުމި ހެލްޕް ލައިނެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު މިނިސްޓްރީ އާއި ސަލާމަތީ ހިދުމަތްތަކުން ވަނީ މިއަދު ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތްތަަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމްކުރުމާ ގުޅޭ މައްސަލަ ސޯޝަލް ކައުންސިލަށް ހުށަހެޅުއްވީ ހެލްތު މިނިސްޓްރީންނެވެ.

ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ވަނީ ނަފްސާނީ ގޮތުން އެހިތެރިކަން ބޭނުންވާ މީހުންނަށް ނަފުސާނީ ސިއްހަތުގެ ގައުމީ ހެލްޕް ލައިން 1677 އިފްތިތާހު ކޮށްފަ އެވެ.