ނިދުމަށް އަންނަ ބަދަލާއި ސްޓްރެސް ވުން ފަދަ އެތައް ކަމަކީ ޕީރިއަޑްގެ މައްސަލަ ދިމާވެދާނެ ކަމެކެވެ. ބަނޑުބޮޑުވުމުގެ އިތުރުން ވެސް ޕީރިއަޑް ލަސްވާ ގިނަ ސަބަބުތަކެއް ހުރެ އެވެ.

އާންމު ގޮތެއްގައި ޕީރިއަޑްގެ މައްސަލަ ދިމާވަނީ ހޯމޯނަލް އިމްބެލެންސާއި ސީރިއަސް ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ. އެ ކަހަލަ މައްސަލަތަކާ ހުރެ ގަވާއިދުން ޕީރިއަޑް ނުވެދެ އެވެ.

ޕީރިއަޑް، 21 ދުވަހުން 40 ދުވަހަށް ވުރެ ލަސްވެއްޖެ ނަމަ، އެއީ ސިއްހީ މައްސަލައަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޮމް (ޕީސީއޯއެސް)

ޕީސީއޯއެސްގެ ސަބަބުން ހޯމޯނަލް އިމްބެލެންސް ވާތީ ގަވާއިދުން ޕީރިއަޑް ނުވެދެ އެވެ. ޑޮކްޓަރަށް ދައްކައިގެން ބޭސް ކެއުމުން ގަވާއިދުން ޕީރިއަޑް ވުމަށް މަގުފަހިވެ އެވެ.

ޕީޜިއަޑް ލަސްވާ ނަމަ އެކަމުގެ ސަބަބު ދެނެގަންނަންޖެހޭނެ
ޕީޜިއަޑް ލަސްވާ ނަމަ އެކަމުގެ ސަބަބު ދެނެގަންނަންޖެހޭނެ

ސްޓްރެސްވުން

މީހާ މާބޮޑަށް ސްޓްރެސްވުމަކީ ވެސް ގަވާއިދުން ޕީރިއަށް ނުވާ ސަބަބެކެވެ.

ކުއްލިއަކަށް ކަސްރަތު ފެށުން

ކަސްރަތަކީ ވެސް ޕީރިއަޑާ ގުޅޭ ކަމެއް
ކަސްރަތަކީ ވެސް ޕީރިއަޑާ ގުޅޭ ކަމެއް

ކަސްރަތުކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިއްމު ކަމެކެވެ. އެކަމަކު ކުއްލިއަކަށް މާގަދަޔަށް ކަސްރަތުކުރަން ފަށައިފި ނަމަ، އާންމުކޮށް ޕީރިއަޑްވާ ތާރީހަށް ވުރެ ތަންކޮޅެއް ލަސްވެދާނެ އެވެ.

ބަރުދަނުގެ މައްސަލަ

މީހާ މާބޮޑަށް ބަރުވިޔަސް އަދި މާބޮޑަށް ލުއިވިޔަސް ޕީރިއަޑް މައްސަލަ ދިމާވެދާނެ އެވެ. މިސާލަކަށް، ކެއުމުގެ ޑިސްއޯޑާއެއް ނުވަތަ ޑައިބެޓީސް ކަހަލަ ކަމެއްގެ ސަބަބުން ބަދަލެއް އަޔަސް ޕީރިއަޑް ލަސްވެދާނެ އެވެ.

ނިދާ ގަޑިތައް ބަދަލުވުން

މަސައްކަތްކުރުމަށް ވަކި ވަގުތެއް ނޯންނަ މީހުން ވެސް ތިބެ އެވެ. ބައެއް ފަހަރު ދަންވަރަށް ޑިއުޓީ އަދާކުރަން ޖެހުމާއި އަނެއްބައި ފަހަރު ދުވާލު މަސައްކަތްކުރަން ޖެހުމުން ގަޑިން ގަޑިއަށް ނިދުމަކީ ވަރަށް ބޮޑު އުނދަގުލަކަށް އޮންނަނީ ވެފަ އެވެ. އެކަމުގެ ސަބަބުން ވެސް ޕީރިއަޑް ލަސްވެދާނެ އެވެ.