މަހުގެ ބާވަތްތަކުގައި އެކުލެވޭ ޕްރޮޓީނަށް ވުރެ އެކި ބާވަތްތަކުގެ ނަޓްގައި ހުންނަ ޕްރޮޓީން ހިތުގެ ސިއްހަތަށް ރަނގަޅު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެ ދިރާސާގައި ބުނީ މަހުގެ ބާވަތްތަކުން ލިއްބައިދޭ ޕްރޮޓީނުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެއާހިލާފަށް ނަޓްސް އިން ލިބޭ ޕްރޮޓީންގެ ފައިދާތައް މާ ބޮޑަށް ވެސް ރަނގަޅު ކަމަށް ދިރާސާގައި ބުންޏެވެ.
މީގެ ކުރިން ވެސް ހެދި ދިރާސާއެއްގައި، ގަހުގެ ބާވަތްތަކުން ލިބޭ ޕްރޮޓީންގެ ފައިދާ އެއްގަމު މަހާއި ކަނޑުމަހުން ލިބޭ ޕްރޮޓީނުން ލިބޭ ފައިދާތަކަށް ވުރެ ރަނގަޅު ކަމަށް ބުނެފައިވެ އެވެ. އެކަން ނިއުޓްރިޝަނިސްޓުން ސިފަކޮށްފައި ވަނީ މަހުގެ ޕްރޮޓީންއަކީ "ބޭޑް ފެޓްސް" ގެ ގޮތުގަ އެވެ. އަދި ނަޓްސް އިން ލިބޭ ފައިދާތައް ސިފަކޮށްފައި ވަނީ "ރައްކާތެރިކޮށްދޭ ފެޓްސް" ގެ ގޮތުގަ އެވެ.
ދިރާސާ ހެދުމަށް އެމެރިކާގެ ލޮމާ ލިންޑާ ޔުނިވަސިޓީ އާއި ފްރާންސްގެ އިސްޓިޓިއުޓް ނެޝަނަލް ޑެލް ލެ ރިސާޗް އެގްރޮމިކުން ވަނީ 81،000 އަށް ވުރެ ގިނަ މީހުން ބޭނުންކޮށްފަ އެވެ.
އެ މީހުންގެ މައުލޫމާތު އެއްކޮށް ބެލިގެން އިރު، މަހުގެ ބާވަތްތައް އާންމުކޮށް ކައިގެން ހިތުގެ މައްސަލަތައް ކުރިމަތިވެފައި ތިބި މީހުންނަށް ވުރެ، އާދަކޮށް، ނަޓްސްގެ ކާ މީހުންނަށް ހިތުގެ މައްސަލަތައް މަދެވެ.
އެގޮތުން މަހުގެ ބާވަތްތައް ކައިގެން ހިތުގެ މައްސަލަތައް ދިމާވެފައިވާ މީހުންގެ ނިސްބަތް، 60 ޕަސަންޓްގައި ހުރި އިރު، ނަޓްސް ބޭނުންކުރާ މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 40 ޕަސެންޓް ދަށްކަން ފާހަގަކުރެވުނެވެ.
އެހެންވެ ހިތުގެ މައްސަލަތައް ހުންނަ މީހުން އާދަކޮށް ނަޓްސް ކެއުމަކީ ސިއްހީ ގޮތުން މީހާ ދުޅަހެޔޮކޮށް ހުރުމަށް ވަރަށް ބޮޑަށް ބާރު އަޅައިދޭ އެއްޗެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.