ބްރިޖުގައި މަސައްކަތް ކުރަން ހުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ބްރިޖުގައި މަސައްކަތް ކުރަން ހުރި މީހެއް ގައިގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި ދެ މީހުން ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ހާދިސާގައި އަނިޔާވީ ބްރިޖުގެ މަސައްކަތް ކުރާ ބިދޭސީއަކަށެވެ.
"ބްރިޖުގެ ސީދާ މެދެއްހާ ހިސާބުގަ ވެއްޓިފަ އޮތީ. އެ ތަނުން ދިޔަ ޓްރަކަކަށް އަރުވައިގެން އެކަކު ގެންދިޔައީ. އަނެކަކު ޕޮލިސް ކާރަކަށް ލައިގެން ގެންދިޔައީ،" އޭނާ ބުންޏެވެ.
އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.