ދިވެހި ރެޑް ކްރެސެންޓުގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގައި ބީއެމްއެލްއިން ބައިވެރިވެއްޖެ އެވެ.

މި އިނިޝިއޭޓިވްގައި ބީއެމްއެލްއިން ބައިވެރިވުމުން، ކާރިސާތަކާއި އާންމު ހާލަތްތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އަމާޒުކޮށް ރެޑް ކްރެސެންޓުން ހިންގާ ހަރަކާތްތަކުގައި އެ ބެންކުގެ ބައިވެރިވުން ހިމެނޭނެ އެވެ.

މި އިނީޝިއޭޓިވްގެ ދަށުން ކުރާ މަސަައްކަތްތަކުގައި ފުރަތަމަ އެހީ، ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރު ކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ ތަފާތު މަސައްކަތްތައް ހިމެނެ އެވެ.

ބީއެމްއެލްއިން ބުނީ ބޭންކުން މި އިނިޝިއޭޓިވްގެ ދަށުން އެ ބެންކުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް އިތުރަށް ތަރައްގީ ކުރުމަށް ވެސް މަގުފަހިވާނެ ކަމަށެވެ.

ބީއެމްއެލްއިން ދަނީ މި ފަދަ އެހީތައް އެކި ފަރާތްތަކަށް ފޯރުކުރަމުންނެވެ. އެ ބެންކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް ބީއެމްއެލް އިން އެހީތެރިވުމަށް ތަފާތު ޕްރޮގުރާމުތައް ވެސް ހިންގަ އެވެ.