މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ނާޒިމް ހަމަޖައްސައިފި އެވެ.

ދެހާސް ވިހި ވަނަ އަހަރު އުފެއްދި އެ ކުންފުނީގެެ އެމްޑީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސުމުންނެވެ.

އެމްއެސްއެސްއިން ބުނީ އެ ކުންފުނީގެ އެމްޑީއަކަށް، އެ ކުންފުނި އުފެދުނީއްސުރެ އެ ކުންފުންޏަށް ހިދުމަތްކުރައްވަމުން ގެންދެވި ނާޒިމް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.

ނާޒިމް ވަނީ މީގެ ކުރިން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ކަން ވެސް ކުރައްވައިފަ އެވެ.