ގައުމީ ބިލިއާޑް މުބާރާތް އަންނަ މަހު ތިން ވަނަ ދުވަހު ބާއްވަން އިއުލާންކޮށް، މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. މި އަަހަރުގެ މުބާރަތަކީ ގައުމީ ދެވަނަ ބިލިއާޑް މުބާރާތެވެ.

މިދިޔަ އަހަރު ބޭއްވި ފުރަތަމަ ގައުމީ މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސް އެވެ. ފައިނަލުގައި އެ ޓީމު ކާމިޔާބު ހޯދީ ކަސްޓޮމް ރެކްރިއޭޝަން ކްލަބް ބަލި ކުރުމަށް ފަހު އެވެ.

މިދިޔަ އަހަރު ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަް ހޯދި ދީނާ އަހްމަދު ޓޮރޮފީ އާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިދިޔަ އަހަރު ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަް ހޯދި ދީނާ އަހްމަދު ޓޮރޮފީ އާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މުބާރާތުގެ ފިރިހެން އެއް ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެވެ. އަންހެން ސިންގަލްސް ޗެމްޕިއަނަކީ ދީނާ އަހްމަދެވެ. މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ދީނާ އާއި އަލީ ފަޔާޒުގެ ޕެއާ އެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާ އެވެ. ދެވަނަ ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ގިނަ އަދަދެއްގެ އަންހެން އެތުލީޓުން ވާދަ ކުރުމުން، ބިލިއާޑް އެސޯސިއޭޝަން (އޭމްޕީބީއޭ) ގެ ރައީސް އަހްމަދު ނާސިފް ވަނީ އެކަމާ ހިތްހަމަޖެހުން ފާޅު ކުރައްވައިފަ އެވެ. މިދިޔަ އަހަރު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވެސް އޭނާ ވިދާޅުވީ ބިލިއާޑްގެ މުބާރާތްތަކުގައި ޖިންސުގެ ހަމަހަމަކަން ހިފެހެއްޓުމަށް އިސްކަން ދެއްވާނެ ކަމަށެވެ.